11/05/2009

ތުނބުޅި ބެހެއްޓުން

سؤال: ތުނބުޅި ދިގުކުރުމަކީ نبي صلى الله عليه وسلم ގެ ތެރެއިން ވާ ސުންނަތެކެވެ! މީސްތަކުންގެ ތެރެއިން ގިނަމީހުން ތުނބުޅި ބާލައިގެން އުޅެއެވެ. އަދި އެމީހުންގެ ތެރޭ، ތުނބުޅީގެ އިސްތަށިތައް އުފުރާ މީހުންވެސް އުޅެއެވެ. އަދި އެމީހުންގެ ތެރޭ، ތުނބުޅި ދިގުކުރީމާ، ދަރުމަ ލިބޭނެއޭ، ބޭލިޔަސް ޢުޤޫބާތެއް ނުލިބޭނެއޭ ބުނާ މީހުންވެސް އުޅެއެވެ. އަދި ތުނބުޅީގައި އެއްވެސް ހެޔޮކަމެއް ވާނަމަ އެ ތުނބުޅި ފަޅާފައި ހުންނާނީ “ޢާނަތުގެ މަކާނަތުގައެވެ” ބުނާ މޮޔައިންތަކެއް ވެސް އުޅެއެވެ. މާތް ﷲ އެމީހުން ހުތުރު ކުރައްވައިފާށިއެވެ! އެހެންވީމާ ތުނބުޅިޔާމެދު، ތަފާތު ގޮތްގޮތަށް ބުނެ އުޅޭ މީހުންކުރެ ކޮންމެ ބައެއްގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި نبي صلى الله عليه وسلم ގެ ސުންނަތުގެ ތެރެއިން ސުންނަތަކާއިމެދު، އިންކާރުކުރާ ބައެއްގެ ޙުކުމަކީ ކޮބައިތޯއެވެ؟


جواب: الحمد الله وحده و الصلاة و السلام على رسوله و آله و صحبه .. وبعد: ތުނބުޅި ދިގޮކޮށްފައި ބެހެއްޓުމާއި، ވީއްލާވައި ބެހެއްޓުމާއި، ދޫކޮށްފައި ބެހެއްޓުމުގެ ވާޖިބް ކަމުގެ މައްޗަށާއި، ބޭލުމާއި ކޮށުން ޙަރާމް ކަމުގެ މައްޗަށް رسول صلى الله عليه وسلم ގެ ސަޙީޙް ސުންނަތުން ހަމަކަށަވަރުން ދަލީލު ލިބެއެވެ. އެއީ ސަޙީޙް ބުޚާރީ އާއި ސަޙީޙް މުސްލިމްގައި إبن عمر رضي الله عنهما ގެ ކިބައިން ރިވާވެގެންވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވީ: ހަމަކަށަވަރުން نبي صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. قصّوا الشوارب و أعفوا اللحىٰ خالفوا المشركين މާނައީ: ތިޔަބައިމީހުން މަތިމަސް ކޮށާށެވެ. އަދި ތުބުޅި ދިގުކުރާށެވެ. މުޝްރިކުންނާއި ޚިލާފްވާށެވެ. އަދި ސަޙީޙް މުސްލިމުގައި أبو هريرة رضي الله عنه ގެ ކިބައިން ރިވާވެގެން ވިއެވެ. ހަމަކަށަވަރުން نبي صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. جزّوا الشوارب و أرخوا اللحىٰ خالفوا المجوس މާނައީ: ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅި ދިގުކުރާށެވެ. މަޖޫސީންނާއި ޙިލާފް ވާށެވެ. މިއެވެ. މި ދެ ޙަދީޘް އާއި މި ދެ ޙަދީޘްގެ މާނައިގާވާ ހުރިހައި ޙަދީޘަކުން ދަލީލު ލިބެނީ ތުބުޅި ދިގުކޮށް ވީއްލައިފައި ބެހެއްޓުމުގެ ވާޖިބުކަމުގެ މައްޗަށާއި، ކޮށުކާއި ބޭލުމުގެ ޙަރާމްކަމުގެ މައްޗަށެވެ. އަދި ތުބުޅި ދިގުކުރުމަކީ ޘަވާބު ލިބޭނޭ ކަމެއް ކަމަށާއި، ބޭލުމަކީ ޢުޤޫބާތެއް ޙައްޤުވާނޭ ކަމެއް ނޫންކަމަށް ހީކުރާ މީހުން މި ސަޙީޙް ޙަދީޘް ތަކާއި ޚިލާފްވެ، ހަމަކަށަވަރުން ކުށްކޮށްފިއެވެ. މިހެނީ އަމުރު ކުރެއްވުމުގެ އަސްލަކީ ވާޖިބު ވާނޭ ކަމެވެ. ނަހީ ކުރެއްވުމުގެ އަސްލަކީ ޙަރާމްވާނޭ ކަމެވެ. މި ސަޙީޙް ޙަދީޘްތަކިން ފާޅުވެ އެނގޭ ގޮތާއި ޚިލާފްވުން އެކަކަށްވެސް ހުއްދަ ވެގެނެއް ނުވެއެވެ. އެއީ އެއާއި ޚިލާފްވެވެން އޮތީ އޭގެ މާނަ އެހެން ގޮތަކަށް އަނބުރާލެވޭނޭ ޙުއްޖަތަކުން ދަލީލު ލިބިގެންނެވެ. އެކަމަކު މި ޙަދީޘްތަކާއި ޚިލާވްވެވޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. النبي صلى الله عليه وسلم ގެ އަރިހުން أبو هريرة رضي الله عنه ރިވާކުރެއްވި ކަމަށް الترمذي ރިވާކުރެއްވި ޙަދީޘް ދަންނާށެވެ. أنه كان يأخذ من لحيته من طولها و عرضها މި ޙަދީޘްއަކީ އެއްވެސް ސައްޙަ ކަމެއް ނެތް ބާޠިލް ޙަދީޘެކެވެ. މިހެނީ މި ޙަދީޘްގެ ސަނަދުގައި ދޮގުވެރިޔަކު ކަމަށް ތުހުމަތުކުރެވޭ ރާވީއަކު ވެއެވެ. އެ ޙަދީޘްގެ މާނައަކީ ހަމަކަށަވަރުން رسول صلى الله عليه وسلم އެކަލޭގެފާނުގެ ތުނބުޅިފުޅު ދިގާއި ހުރަހަށް ކޮށްޓަވާ ކަމުގައި ވިއެވެ. މިއެވެ. (އައިބު ހުތުރު ބަހަކާއި އެއްހަމަކޮށް) ތުބުޅިއަށް ފުރައްސާރަކުރި މީހާ ދަންނާށެވެ. ހަމަކަށަވަރުން އޭނާ އެގެނެއީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވުން ވާޖިބުކުރާ ބޮޑު މުނަކަރާތެކެވެ. މިހެނީ ﷲ ގެ ފޮތާއި އަދި އެ އިލާހުގެ ރަސޫލުގެ ސުންނަތުން ދަލީލުލިބޭ ކަމެއްގެ މައްޗަށް ފުރައްސާރަކުރުން އިތުބާރުކުރެވެނީ ކުފްރެއް ކަމުގައްޔާއި އިސްލާމްދީނުން ބޭރުވުމެއް ކަމުގައެވެ. ދަދަ ކީރިތިވަންތަ ﷲ ވަޙީ ކުރައްވާފައިވާ މިބަސްފުޅަށްޓަކައެވެ. قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ . لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ (سوره التوبة ٦٥، ٦٦) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ފުރައްސާރަ ކުރަނީ ﷲ އަށާއި، އެއިލާހުގެ އާޔަތްތަކަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އީމާންވުމަށަފަހު ކާފިރުވީއެވެ.” و نسأل الله لنا و لكم و لجميع المسلمين الهداية و التوفيق و العافية من مضلات الفتن .

و بالله التوفيق و صلى الله على نبينا محمد و آله و صحبه و سلم.
الجنة الدائمة البحوث العلمية والإفتاء
الرئيس: عبد العزيز بن عبد الله بن باز
نائب الرئيس: عبد الرزاق عفيفي
عضو: عبد الله بن غديان
عضو: عبد الله بن قعود


ދިވެހި ބހަށް ތަރުޖަމާ ކުރީ ސަޢީދުބެ

0 ކޮމެންޓު:

Post a Comment

މިލިޔުމާއިމެދު ޚިޔާލެއް ފާޅުކުރައްވަން ބޭނުންފުޅުނަމަ ޚިޔާލު ފޮނުއްވާ!