21/11/2009

އަޅުގަނޑު މިހާރު އަޕްޑޭޓު ކުރަމުން ދަނީ ”ޙިކުމަތްތެރި ބަސްފުޅުތަކެއް...“ މި ބޮލޮގެވެ. މީގެފަހުން މިބްލޮގަށް ޒިޔާރަތްކުރެއްވުމުގެ ބަދަލުގައި އާ ބްލޮގަށް ޒިޔާރަތްކުރެއްވުނެ އެދެމެވެ. އަދި މި ބްލޮގަ ބުކްމާރކް ކުރައްވާފައިވާނަމަ، ނުވަތަ މި ބްލޮގަށް ލިންކުކޮށްފައިވާނަމަ، އާ ބްލޮގަށް ބަދަލުކުރެއްވުން އެދެމެ.

11/05/2009

ތުނބުޅި ބެހެއްޓުން

سؤال: ތުނބުޅި ދިގުކުރުމަކީ نبي صلى الله عليه وسلم ގެ ތެރެއިން ވާ ސުންނަތެކެވެ! މީސްތަކުންގެ ތެރެއިން ގިނަމީހުން ތުނބުޅި ބާލައިގެން އުޅެއެވެ. އަދި އެމީހުންގެ ތެރޭ، ތުނބުޅީގެ އިސްތަށިތައް އުފުރާ މީހުންވެސް އުޅެއެވެ. އަދި އެމީހުންގެ ތެރޭ، ތުނބުޅި ދިގުކުރީމާ، ދަރުމަ ލިބޭނެއޭ، ބޭލިޔަސް ޢުޤޫބާތެއް ނުލިބޭނެއޭ ބުނާ މީހުންވެސް އުޅެއެވެ. އަދި ތުނބުޅީގައި އެއްވެސް ހެޔޮކަމެއް ވާނަމަ އެ ތުނބުޅި ފަޅާފައި ހުންނާނީ “ޢާނަތުގެ މަކާނަތުގައެވެ” ބުނާ މޮޔައިންތަކެއް ވެސް އުޅެއެވެ. މާތް ﷲ އެމީހުން ހުތުރު ކުރައްވައިފާށިއެވެ! އެހެންވީމާ ތުނބުޅިޔާމެދު، ތަފާތު ގޮތްގޮތަށް ބުނެ އުޅޭ މީހުންކުރެ ކޮންމެ ބައެއްގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި نبي صلى الله عليه وسلم ގެ ސުންނަތުގެ ތެރެއިން ސުންނަތަކާއިމެދު، އިންކާރުކުރާ ބައެއްގެ ޙުކުމަކީ ކޮބައިތޯއެވެ؟